އުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމުން އައިޝަތު ބިޝާމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ. އޭނާ އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވަނީ ސިޓީ ފޮނުއްވާފަ އެވެ.

އެ ސިޓީ ލިބިވަޑައިގެންކަން ހާމަ ކުރައްވައި ރައީސް ޞާލިހު ވަނީ ޕީޖީގެ މަގާމުގައި ބިޝާމް ދެއްވި ހިދުމަތަށް ޝުކުރު އަދާ ކުރައްވައި، މުސްތަގުބަލަށް ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.

ބިޝާމް އިސްތިއުފާ ދެއްވީ އޭނާ ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފަށާފައިވަނިކޮށެވެ. 

ބިޝާމް މިއަދު ހެނދުނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެކަމަނާ މަގާމުން ދުރުކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ގެންދަނީ އިޖުރާޢަތުތަކާއި ހިލާފަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.