ސަބުދެއްޔަކީ ދިވެހިންނަށް ވަރަށް އާންމު މޭވާއެކެވެ. ސަބުދެއްޔަކީ އަނގަޔަށް މީރު ފޮނި މޭވާ އެކެވެ. މިމޭވާގައި ވެސް ތަފާތު މަޢުދަންތަކާއި، ވިޓަމިންތައް އެކުލެވިފައި ވެއެވެ. މޭވާއެއްގެ ގޮތުގަޔާއި، ކައްކައިގެންނާއި، އެނޫންވެސް ގޮތްގޮތައް ސަބުދެލި ބޭނުން ކުރެއެވެ.

ސަބުދެލިން ލިބޭ ޞިއްޙީ ފައިދާތައް

ޖަރާސީމުތަކުން ރައްކާތެރިކޮށްދޭ

ސަބުދެލީގައި ގިނަ އަދަދަކަށް "ޓެނިން"(Tannin) ކިޔާ ޕޮލީފީނޯލިކް އަދި އެންޓި އޮކްސިޑެންޓް ކަމްޕައުންޑެއް ހުރެއެވެ. ޓެނިން އަކީ ޕެރަސައިޓް، ބެކްޓީރިޔާ، ވައިރަސް ފަދަ ޖަރާސީމްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވުމުގެ އިތުރުން، ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ މާއްދާ އެކެވެ. 

ބަނޑުހިކުމުން ދުރުކޮށްދޭ

ސަބުދެލީގައި ގަނަ އަދަދަކަށް ފައިބަރު ހުރެއެވެ. މިކަމުގެ ސަބަބުން ސަބުދެލިކެއުމުން ބަނޑުހިކުން ލުއިކޮށްދީ، ފަސޭހައިން ބޮޑުކަމުދެވޭގޮތް ވެއެވެ. އަދި އާންމުކޮށް ސަބުދެލި ބޭނުންކުރާނަމަ، ބަނޑުހިކުން ފަދަ މައްސަލަތަކުން ރައްކާތެރި ކޮށްދެއެވެ.

ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދިނުން

ސަބުދެލީގައި އެކަށޭނަ މިންވަރަކަށް ވިޓަމިން އޭ އަދި ވިޓަމިން ސީ އެކުލެވިގެންވެއެވެ. ވިޓަމިން ސީ އަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދީ، ތަފާތު ޖަރާސީމް އެޅުންތަކުން މިންޖުކޮށްދޭ މާއްދާ އެކެވެ. ވިޓަމިން އޭއަކީ އަނގަޔާއި، ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދޭ މާއްދާ އެކެވެ.

 ސަބުދެލިން ލިބޭ އެހެން ބައެއް ފައިދާތައް 

 • - ހަށިގަނޑުގައި އުފެދޭ ފާރުގަނޑު ފަސޭހަވުން އަވަސްކުރުވުން
 • - ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކުރުން
 • - ދަތްތަކާއި ހިރުގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުން
 • - ހަށިގަނޑުގެ ދިފާޢީ ބާރު ރަގަޅުކޮށްދިނުން
 • - ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދިނުން
 • - އުމުރުން ދުވަސްވުން (މުސްކުޅިވުން) ލަސްކުރުވުން
 • - ބައެއް ކަހަލަ ކެންސަރުން ރައްކާތެރިކޮށްދިނުން
 • - ހަށިގަނޑަށް ކާނާގައި ހިމެނޭ ދަގަނޑުގެ ބައި ނެގުން އިތުރުކުރުވުން
 • - ފުއްޕާމޭ ދުޅަހެޔޮކަންމަތީ ބެހެއްޓުން
 • - މާގިނައިން އަރިދަފުސް ރޯގާ ޖެހުމުން ދުރުކުރުން
 • - ޖަރާސީމްގެ ސަބަބުން ޖެހޭ ތަފާތު ބަލިތަކުން ރައްކާތެރިކޮށްދިނުން
 • - ފުރަގަސް ފަރާތު ބަލީގެ އުދަގޫ ލުއިކުރުން ނުވަތަ އެކަމުން ރައްކާތެރިކޮށްދިނުން
 • - ހަށިގަނޑުގައި އެކުލެވޭ ސަރުބީގެ މިންވަރު ހަމަހަމަ މިނެއްގައި ބެހެއްޓުން
 • - ހަށިގަނޑުގައި އެކުލެވޭ ހަކުރުގެ މިންވަރު ހަމަހަމަ މިނެއްގައި ބެހެއްޓުން
 • - ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން

މަސްދަރު: ޑރ. އަބްދުލް އަޒީޒް ހަމީދު

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.