ގެއްލިގެން ހޯދަމުންދިޔަ ބާޖު ފެނިއްޖެއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި ކ. ތިލަފުށިން ފުރައިގެން ވ. ކުނާވަޓަށް ކަފު ޖަހައިގެން ދަތުރުކުރަމުންދިޔަ "ލިއޯ ޖެމް 2" ނަމަކަށް ކިޔާ 120 ފޫޓުގެ ބާޖު ގެއްލިގެން ހޯދަން ފެށީ ރޭ 22:30 ހާއިރުއެވެ.
ވާކަނޑައިގެން ގޮސް މި ބާޖު ގެއްލުނީ ކުނާވަށިގެ ފަސް ނޯޓިކަލް މޭލު ބޭރުންނެވެ.
އެމްްއެންޑީއެފުން ހާމަކުރި ގޮތުގައި 6:23 ހާއިރު ބާޖު އޮޔާދަނިކޮށް ވަނީ ފެނިފައެވެ.