ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އާއިޝަތު ބިޝާމް ދުރުކުރަން އުޅެނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ އެ މަސައްކަތަކީ އިހުލާސްތެރި ނިޔަތެއްގައި ކުރާ މަސައްކަތެއް ނޫން ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ޕީޖީ ބިޝާމް ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، މަގާމުން ދުރުކުރުމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ޖުޑީޝަރީ ކޮމިޓީއަށް މިއަދު ހެނދުނު 11:00ގައި ހާޒިރުވުމަށް އޭނާއަށް އަންގާފައިވާ ކަމަށެވެ.

ބިޝާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގާނޫނު އަސާސީގެ ހަތްވަނަ ބާބުގައި ބަޔާންކޮށްފައިވާ މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކުން މީހަކު ދުރުކުރުމަކީ ވަކި މައްސަލައެއްގެ ގޮތުގައި އެޖެންޑާ ކުރުމަކާ ނުލައި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގެ 'އެހެނިހެން' އައިޓަމްގެ ތެރެއިން ހުށަހެޅި ގޮތް ނިންމޭ ވަރަށް ވުރެ ބޮޑު ކަމެއް ކަމަށެވެ.

"ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން އަޅުގަނޑު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ފައްޓަވާފައިވާ އިޖުރާޢަތްތަކަކީ އިހްލާސްތެރި ނިޔަތެއްގައި ކުރިއަށް ގެންދަވާ އަދި ޤާނޫނުއަސާސީގެ ނައްސާއި ރޫހާއި އެއްގޮތައް ކުރިއަށް ގެންދަވާ އިޖުރާޢަތްތަކެއް ކަމުގައި އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ." ކަމަށް ބިޝާމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ

ބިޝާމް ވިދާޅުވީ އޭނާ މަގާމުން ވަކިކުރަން ކޮމިޓީގައި މެންބަރުން ފާހަގަކުރި ސަބަބުތަކާއި މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ފާހަގަ ކުރެއްވި ސަބަބުތައް އެއްގޮތް ނޫން ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.