ހުޅުމާލެ މެޑިކަލް ފެސިލިޓީ - ފޮޓޯ: އެސްޓީއޯ

ކޮވިޑުގެ ނުރައްކާ ބޮޑުވެ، ހުޅުމާލެ މެޑިކަލް ފެސިލިޓީ ފުރިދާނެކަމުގެ ބިރު ހީވެއްޖެ އެވެ.

ކޮވިޑަށް ގިނަ ރައްޔިތުންތަކެއް އެދުމަތިކުރަންޖެހިދާނެ ހާލަތަށް، ސަރުކާރުން ތައްޔާރުކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ 290 އެނދުގެ ފެސިލިޓީއެވެ.
ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ ކޮންމެ ދުވަހަކު ވެސް 100 އިން މަތީގައެވެ. އަދި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު މި އަދަދު މިވަނީ 200 ފަހަނައަޅައި ގޮސްފައެވެ. އެގޮތުން އިއްޔެވެސް ވަނީ 215 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
މައުލޫމާތުތައް ދައްކާގޮތުން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދުތައްވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު 184 މީހަކު އެދުމަތިކޮށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭގެތެރެއިން ގިނަ ބަޔަކަށް ފަރުވާދެމުން އަންނަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ.
އެޗްއީއއޯސީން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ރާއްޖޭގެ މިސްރާބް ހުރީ ނިމުނު އަހަރުގެ އޮގަސްޓު މަހުގެ ހާލަތާއި ދިމާލަށް ކަމަށެވެ. ނިމުނު އަހަރުގެ އޮގަސްޓު ހިސާބަކީ ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވި ދުވަސްތަކެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޭސްތައް އިތުރުވެ، ބަލި މީހުންގެ ކަންކަމުގައި ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވާންޖެހޭ މިންވަރު އިތުރުވާނަމަ، ވެކްސިން ދިނުމުގެ ކަންކަމަށްވެސް ހުރަސް އެޅޭނެކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ 224 ޖެނުއަރީގައި މާލެ ސަރަހައްދުގެ އެޑްމިޓްކޮށްގެން މާލެ ސަރަހައްދުގައި ފަރުވާދޭ ފެސިލިޓީތަކުގައި 71 މީހަކު އެދުމަތިކުރެވިފައިވާކަމަށެވެ. އަދި 30 ޖެނުއަރީއާއި ހަމައަށް އައިއިރު އެ އަދަދު 145 އަށް އަރާފައިވާކަމަށެވެ.

 

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *