ދުލެއް އޮތަސް، އަންނަހާ އެއްޗެއް ގޮވަން ނުވާނެކަމަށް ވިދާޅުވެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ރައްދުދެއްވައިފި އެވެ.
މަނީލޯންޑަރ ކުރެއްވިކަމުގެ ކުށުގެ ދައުވާ ސާބިތުވެ ޖަލު ހުކުމެއް ތަންފީޒްކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ އިސް ވަކީލް، ޖަމީލް ހޯމަ ދުވަހު ކުރެއްވިި ޓުވީތެއްގައި ވިދާޅުވީ މި ވެރިކަމާއި ރައްޔިތުންގެ މަޖިލީހުން ސާބިތުވީ އެމްޑީޕީގެ ނާގާބިލުކަން ކަމަށެވެ. ކުރާނެ އިތުރު ތަޖްރިބާއެއް ނެތްކަމަށް ވިދާޅުވެ އެމްޑީޕީ އަށް ފާޑުކިޔަމުން އޭނާ ވިދާޅުވީ، ޕީޕީއެމުން ދެއްކި ތަރައްގީ ފެނި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އާޝޯހުވެފައިވާ ކަމަށެވެ.
ވެރިކަމާއި މަޖިލީހުން ޞާބިތުވީ އެމްޑީޕީގެ ނާޤާބިލްކަން. ކުރާނެ އިތުރު ތަޖްރިބާއެއް ނެތް. ޕީޕީއެމް އިން ދެއްކީ ތަރައްޤީ. ބްރިޖާއި މަޝްރޫޢުތައް ފެނި ޚުދު މަޖިލިސް ރައީސް އާޝޯހްވި. އެމްޑިޕީއަށް އަބަދު ސަޅިބައިސާ ނުވިއްކޭނެ. އިންޝާﷲ މިނިވަން އިންތިޚާބެއް ޕީޕިއެމް އިން ފަތަޙަކުރާނެ. pic.twitter.com/NXv5acxP5R
— Mohamed Jameel Ahmed (@MJameelAhmed) February 1, 2021
ޖަމީލްގެ އެ ޓުވީޓަށް ރައްދުދެއްވައި (ހަސަންޓޭ) ވިދާޅުވީ މާކުރިން ތި ހުންނެވީ ދުނިޔެ ނަންގަވާލައްވައިގެން ކަމަށެވެ. އަދި މިހާރު ތިޔަ ނަންގަވާލައްވަނީ އާޚުރަތްކަމަށް ވިދާޅުވެ، ދުލެއް އޮތަސް އަންނަހާ އެއްޗެއް ގޮވާކަށް ނުވާނެކަމަށް ޖަމީލް ވިދާޅުވި އެވެ.
އޭއިތުރުން ހަސަންޓޭ ވަނީ ދޫވެސް އަމިއްލަ މީހާއާ ދެކޮޅަށް ހެކިބަސް ދޭނޭ ދުވަހެއް އެބައޮތްކަމަށް ޑރ. ޖަމީލަށް ހަނދާންކޮށްދެއްވާފ އެވެ.
ދުނިޔެ މާކުރިން ތިހުންނެވީ ނަންގަވާ ލައްވައިގެން. މިހާރު ތިޔަ ނަންގަވާލައްވަނީ އާޚުރަތް. ދުލެއް އޮތަސް ތިޔަށް އަންނަހާ އެއްޗެއް ގޮވާކަށް ނުވާނެ. ތިޔަ ދޫ ވެސް އަމިއްލަ މީހާއާ ދެކޮޅަށް ހެކިބަސް ދޭނޭ ދުވަހެއް އެބައޮތް މާތްކަލާކޯ! https://t.co/p3p8qrcknT
— Hassantay (@HassantayMDP) February 1, 2021
ޑރ. ޖަމީލްް، ރައީސް ޔާމީންގެ ފަހަތްޕުޅަށް އެރުއްވީ މަޖިލީސް އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލައްވާ، ނާކާމިޔާބާއި ކުރިމަތިލައްވަންޖެހިވަޑައިގެންނެވި ހިސާބުންނެވެ. ޖަމީލަކީ، ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު އަނިޔާއެއް ލިބުނީ އެމަނިކުފާނަށް ކަމަށް ވިދާޅުވެސް ވަމުންގެންދެވި ބޭފުޅެކެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަހަރުތަކެއްވަންދެން ޖަމީލް ހުންނަވަންޖެހިވަޑައިގެންނެވީ އިނގެރޭސިންގެ ހިމާޔަތުގަ އެވެ.