ރާއްޖެއިން ބޭރުގެ ކޯސްތަކާއި ޔުނިވާސިޓީތަކުގެ މަޢުލޫމާތު ހޯދުމަށް މެދުވެރިއެއްގެ ރޯލުއަދާކުރާ އޭޖެންޓުން ދިވެހި ބައެއް ދަރިވަރުންގެ އަތުން ޤަވާއިދާ ޚިލާފަށް ފައިސާ ނަގަމުންދާ މައްސަލައެއް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބަލަން ފަށައިފިއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ޙަސަން ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޝަކުވާ ހުށަހަޅަން އެމިނިސްޓްރީއަށް ދިޔަ ބެލެނިވެރިންވަނީ މިފަދަ އިތުރު ދަރިވަރުންތަކެއް، ފައިސާ ދެއްކިކަމުގެ ރަސީދުވެސް މިނިސްޓްރީއަށް ހުށައަޅާފައެވެ. 

އަދި މިހާތަނަށް ބެލިބެލުމުން ކޯސްތަކާބެހޭ މަޢުލޫމާތާއި ޔުނިވަރސިޓީ އަދި ކޯސް ހިންގާ މަރުކަޒުތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދެމުން އަންނަ އެޖެންޓުން ކޯސް ފީގެ ގޮތުގައި ދައްކާ ވަރަށްވުރެ ބޮޑު ފީއެއް މިކުދިން އަތުން ނަގާފައިވާކަން ހާމަވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ބައެއް ގައުމުތަކުގެ އެއާޕޯޓަށް އެ ދަރިވަރުން ބަލާ ދިއުމާއި ދަރިވަރު ހުންނަ ހޮސްޓެލްއާ ހިސާބަށް ވެސް ގެންގޮސް ދެނީ ފައިސާ ނަގައިގެން ކަމަށާއި އެގޮތުން، ބައެއް ދަރިވަރުންގެ އަތުން 7،000 ޑޮލަރާ ގާތްކުރާ މިންވަރަށް ފައިސާ ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެފަދަ ކަންތައްތަކުގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީ ގޮތުން ގެއްލުން ލިބެމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.