ކުޑްކުއްޖެއްގެ އަތަށް މުދައްރިސަކު ހޭންޑް ސެނެޓައިޒަރ - ފޮޓޯ: ގޫގުލް

އަތް ސާފުތާހިރުކޮށް ބެހެއްޓުމަކީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވީއިރު، ފެނާއި ސައިބޯނީގެ ލިބެން ނެތް ހާލު އެންމެ ރަނގަޅީ އަލްކޮހޮލް ބޭޒްޑް ސެނިޓައިޒަރ އެއް ބޭނުންކުރުމެވެ.

ފިހާރަ, ޕާކް, ރެސްޓޯރެންޓް ނުވަތަ މަސައްކަތް ކުރާ އޮފީހަށް ވަދެވުނުކަމުގައިވިޔަސް އެންމެ ފުރަތަމަ ވެސް ފެނިގެންދާނީ މީސްމީހުންގެ އަތް ސާފުކުރަން ބަހައްޓާފައިވާ ސެނިޓައިޒަރއެވެ. ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅެއްކަމުގައި ވިޔަސް ފްރާންސްގެ ހޯދުންތަކުން ދައްކާގޮތުގައި ކުޑަކުދިންގެ ލޮލަށް ސެނިޓައިޒަރ އެޅި ގެއްލުންތަކެއް ލިބިފައިވެއެވެ.

ފާއިތުވި އަހަރުގައި އެޕްރިލް އާއި އޮގަސްޓް 24 އާއި ދެމެދު 16 ކުދިން ލޮލަށް ސެނިޓާއިޒަރ އެޅިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަން ފްރެންޗް ޕޮއިޒަން ކޮންޓްރޯލް ސެންޓަރއިން މައުލޫމާތު ދެއެވެ. މީގެ ތެރެއިން ދެ ސީރިއަސް ކޭސްގައި ލޮލުގެ ކޯރނިއާއަށް ޓިޝޫ ޓްރާންސްޕްލާންޓް ކުރުމުގެ ސާރޖަރީ ކުރަން ޖެހިފައިވެއެވެ.

ހޮސްޕިޓަލް ކޭސްތަކުން ފެނިފައިވަނީ 4 އަހަރުން ދަށުގެ ކުދިންކަމަށްވީއިރު ފްރާންސްގެ ތަޖުރިބާކާރުން ހާމަކުރައްވާގޮތުގައި މިކަމުގެ ސަބަބަކީ ޖެލް ޑީސްޕެންސަރ ތަކުގެ އުސްމިނެވެ. އާންމު ގޮތެއްގައި ސެނިޓާއިޒަރ ތައްޔާރުކޮށްފައި ހުންނަނީ ބޮޑެތިމީހުންގެ ފަސޭހައަކަށްޓަކައި 1 މީޓަރުގެ  (3 ފީޓް) ދިގުމިނަށެވެ. މިއީ ބޮޑެތިމީހުންގެ އިސްކޮޅުން އުނަގަނޑާ ހަމައަށް ވިޔަސް  މިއީ ކުޑަކުދިންގެ ލޮލާ ސިދާ ދިމާވާ އުސްމިނެވެ.

2019 ގައި ލޮލަށް ކެމިކަލް އެޅުމުން ދިމާވެފައިވާ ކޭސްތަކުގައި 1.3 އިންސައްތަ ނިސްބަތްވަނީ ސެނިޓައިޒައަށް ކަމަށްވީއިރު 2020 ގައި މިއަދަދު ވަނީ 9.9 އިންސައްތަ އަށް އިތުރުވެފައިވެއެވެ.

ތަޖުރިބާކާރުން ލަފާކުރާގޮތުގައި ކުޑަކުދިންނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އާންމުން ގިނަ ތަންތާގައި ބަހައްޓާފައިވާ ސެނިޓައިޒާ ތަކުންނެވެ. 2020 ގައި އާންމުން އެއްވާ ތަންތަނުން 63 އެކްސްޕޯޝަރ ކޭސްތައް ރިޕޯޓް ކޮށްޕައިވާއިރު 2019 ގައި އެއްވެސް ކޭހެއް ރިޕޯޓްކޮށްފައެއްނުވެއެވެ.

ގިނަ ސެނިޓައިޒަރގައި އެތަނޯލްގެ މިންވަރު މަތިކަން ފާހަގަކުރެވޭއިރު މިއީ ލޮލުގެ ކޯރނިއާގައިވާ ސެލްސް ހަލާކުކޮއްލާ ފަދަ ބާރުގަދަ މާއްދާއެކެވެ.

ޑޮކްޓަރުން ލަފާދެއްވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި:

  • ސެނިޓައިޒަރ ގެ ބަދަލުގައި ފެނާއި ސައިބޯނި ބޭނުންކޮށްގެން އަތް ދޮވުން
  • ސެނިޓައިޒަރ ބޭނުންކުރާނެ ގޮތް ކުޑަކުދިންނަށް ދަސްކޮށްދިނުމާއި އާދަކުރުން
  • ކުޑަކުދިންނަށް ވަކި ހާއްސަ ޑިސްޕެންސަރތައް އާންމުން ގިނަ ސަރަހައްދު ތަކުގައި ބެހެއްޓުން(ހާއްސަކޮށް މޫނާއި ދިމާލަށް ނުހުންނަ ގޮތަށް)
  • ސެނިޓައިޒާތައް ކައިރީގައި ކުޑަކުދިން ރައްކާތެރިވުމަށް ނިޝާން ބެހެއްޓުން

ކުޑަކުދިންގެ ލޮލަށް ސެނިޓައިޒަރ އެޅިއްޖެނަމަ ވީއެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް މައިންބަފައިން އިސްކަން ދޭންޖެހޭނެކަމަށާއި އަވަހަށް ފަރުވާ ލިބުމުން ލޮލަށް ލިބިފައިވާ ގެއްލުމުގެ އަސަރު ދަށްކުރެވޭނެކަމެވެ.

 

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.