ލިބޭ އަނިޔާތަކުގައި މުޅި ރާއްޖެ ގަރަގުވެ ދާއިރު އެވާހަކަތައް މިއަދު ދައްކާނެ މީހަކު ނެތްކަމަަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ. 

މިރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ލިބޭ އަނިޔާތަކުގައި މުޅި ރާއްޖެ ގަރަގުވެ ދާއިރު އެވާހަކަތައް މިއަދު ދައްކާނެ މީހަކު ނެތް ކަމަށެވެ. އެކަމަކު މިއަދު އަނިޔާ ލިބެނީ ހަމައެކަނި ވަކި ފަރުދަކަށް ނޫން ކަމަށާއި އަނިޔާ ލިބެމުންދަނީ މުޅި ރާއްޖެއަށްކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެ އަނިޔާތަކުގެ ވާހަކަ ދައްކާނެ އެއްވެސް ސިޔާސީ ލީޑަރެއް ނެތް ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ "ތިބޭފުޅުންނާއި ވަކިން އަޅުގަނޑު ހުންނަން ޖެހުނަސް، އެއްވެސް ކަހަލަ ހީނަރު ކަމެއް އެއްވެސް ކަހަލަ ލޮޅުމެއް އައިސްގެން ނުވާނެ. އެކަމުގެ ބާރު އޮތީ އާންމު މެމްބަރުންގެ އަތުގަ. އެކަމަށް ސަމާލުވެވަޑައިގަންނަވާ،" ރައީސް ޔާމީން ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަތެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ހުކުމް ކުރުމުގެ މަޖިލިސް މާދަމާ މެންދުރު ފަހަށް ތާވަލުކޮށްފައިވާއިރު ރައީސް ޔާމީން ވަނީ ޝަރީއަތަށް ފަހު ރައްޔިތުންނާއި ބައްދަލުކުރައްވާނެ ކަމަށާއި އެއްވެސް ބުރައެއް އުފުލަން ޖެހޭ ވަރުގެ ހުކުމެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ނަން ހިތްތަކުން ފޮހެނުލެއްވުމަށްވެސް އެމަނިކުފާނު ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި މައްސަލައިގަ އެވެ.ކްރިމިނަލް ކޯޓުން އެ މައްސަލަ ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރުފަހު 01:30 އަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.