ގެއްލިފައިވަނީ "ލިއޯ ޖެމް 2" ބާޖު

ބާޖެއް ގެއްލިގެން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފަށައިފިއެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ ކ. ތިލަފުށިން ފުރައިގެން ވ. ކުނާވަޓަށް ކަފު ޖަހައިގެން ދަތުރުކުރަމުންދިޔަ "ލިއޯ ޖެމް 2" ނަމަކަށް ކިޔާ 120 ފޫޓުގެ ބާޖެކެވެ. ވާކަނޑައިގެން ގޮސް މި ބާޖު ގެއްލިފައިވަނީ ކުނާވަށިގެ ފަސް ނޯޓިކަލް މޭލު ބޭރުންނެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 22:33 ހާއިރު ކަމަށްވާއިރު އެ ސަރަހައްދުގައި އެ މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އަންނަނީ ބާޖު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *