ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްކޫލުން ނުކުމެވަޑައިގަންއިރު، އެބޭފުޅާއަކީ ލޮލީ ވިއްކަން އުޅުން މީހެއް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރު ވިދާޅުވެެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ މިއަދުގެ ޖަލްސާގަްއި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ޖާބިރު ވިދާޅުވީ. އެބޭފުޅާއަކީ ބުރަ މަސައްކަތުން ފައިސާ ހޯދާ މީހެއް ކަމަށާއި ވައްކަން ކުރުމަކީ އެއްގޮތަކަށްވެސް "ލައިކް"ވާ ކަމެއް ނޫން ކަމަށެވެ. އަދި އެބޭފުޅާގެ މަންމަ އެބެފުޅާއަށް މަގޫފަތް ކާންދިން ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑު މަންމަ އަޅުގަނޑު ވިހާފައި އެދުވަހު މަގޫފަތް ކާންދިނީ އަޅުގަނޑަށް. އަޅުގަނޑު ދިޔައީ 8 އަހަރުގައި މަހަށް، ގޮސް ބުރަ މަސައްކަތްކޮށްގެން، ބޮޑު ސިޓީ ހައްދައިގެން މާލެ އައިސް މިހުރީ. އިއްޒަތްތެރި ރައީސް ސްކޫލު ނިންމެވިއިރު އަޅުގަނޑު އަޅުނީ ލޮލީ ވިއްކަން. އަޅުގަނޑަކީ ލޮލީ ވިއްކާ މީހެއް، އަޅުގަނޑަކީ ޑެލިވަރީ ބޯއީއެއް" ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ މަކަރާއި ހީލަތް ހެެދުމަކީ އެބޭފުޅާ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.