ދުނިޔޭގެ އެންމެ ނުފޫޒު ޝަހުސިއްޔަތުންގެ ތެރޭގައި، ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. ޝަހީމް ހިމެނިވަޑައިގެންފިއެވެ.

ޑރ. ޝަހީމް މުސްލިމުންގެ އެންމެ ނުފޫޒުގަދަ ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނިވަޑައިގަތީ ކޮންމެ އަހަރެއްގައި "ދަ މުސްލިމް500" އިން ނެރެމުންދާ މުސްލިމް ނުފޫޒުގަދަ ޝަހުސިއްޔަތުންގެ ލިސްޓުގެ 2020 ވަނަ އެޑިޝަންގައި އެބޭފުޅާނެ ނަން ހިމެނުމުންނެވެ.

ޑރ. ޝަހީމް ވަނީ އެމަނިކުފާނުގެ ނަން ދުނިޔޭގެ އެންމެ ނުފޫޒުގަދަ މުސްލިމް ލީޑަރުންގެ ލިސްޓުގައި ހިމެނިވަޑައިގަތުމުން އެކަމަށްޓަކައި މި ލިސްޓު އެކުލަވާލާ ރޯޔަލް ސެންޓަރ ފޯ ސްޓްރެޓެޖިކް ސްޓަޑީޒް އަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަހަރުގެ ލިސްޓުގައި ޑރ. ޝަހީމް އާއި އެކު ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އާއި، ތުރުކީގެ ރައީސް، ތައްޔިބް އުރުދުޣާންގެ އިތުރުން ސައުދީގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާން އަލް ސައުދު ހިމެނިވަޑައިގަންނަވައެވެ. 

ޑރ. ޝަހީމަކީ މިވަގުތު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން އެބޭފުޅާ ދަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރކަމާއި ފިކުރީ ގޮފީގެ ޑިރެކްޓަރކަމުގެ މަގާމު އަދާކުރައްވަމުންނެވެ.

މީގެ އިތުރުން ޑރ. ޝަހީމަކީ ޤުރުއާން ހިތުދަސް ހާފިޒެއްގެ އިތުރުން ލޯޔަރެއްވެސް މެއެވެ. އަދި އެބޭފުޅާއަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ކުރީގެ ޗާންސެލަރއެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓަރކަންވެސް ކުރައްވާފައިވާ ޑރ. ޝަހީމަކީ ދީނީ ގޮތުން ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ، އަދި ނުވަ ގައުމެއްގައި އިސްލާމިކް ފޯރަމްގައި ތަގުރީރު ކުރައްވާ ވަރުގަދަ ޝަހްސިއްޔަތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.