ކ. ކާށިދޫ އާއި ގާފަރާއި ދެމެދު އަޅާ ކޭބަލް ކާރު މަޝްރޫޢު ހުޅުވުމަށް ދައުވަތު އަރުވާނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް ނަޝީދަކީ ރައްޔިތުންގެ ރައީސް ކަމަށާއި، އެހެންކަމުން ކޭބަލް ކާރު ހުޅުވުމުގެ ޝަރަފު އަރުވާނީ އެބޭފުޅާއަށް ކަމަށެވެ.

"ކާށިދޫ ކޭބަލް ކާރު މިއަޅަނީ، އިއްޒަތްތެރި ރައީސަށް ފުރަތަމަ އެކޭބަލް ކާރު ހުޅުވަން އަޅުގަނޑު ދައުވަތު ދެން." ޖާބިރު ވިދާޅުވި އެވެ.

ކޭބަލް ކާރުން ކާށިދޫ އާއި ގާފަރު ގުޅާލުމުގެ މަސައްކަތް ދިރާސާކުރުމަށް އިޓަލީގެ އެންމެ ބޮޑު އެއް އިންޖިނިއަރިން ކުންފުނީގެ ރައީސް ވަނީ މިމަހުގެ ތެރޭގައި ކާށިދޫ އަދި ގާފަރަށް ވަޑައިގެން އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ މާހައުލެއް އޮތްތޯ ބަލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.