ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ އިންތިގާލީ ނައިބް ރައީސް ކަމަށް މައުމޫންގެ ދަރިކަނބަލުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި އައިމިނަތު ނާދިރާ އިންތިހާބު ކޮށްފިއެވެ.

އެމްއާރްއެމް ޕާޓީއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުން ރަޖިސްޓްރީކޮށްދީފައިވަނި މިދިޔަ ހޯމަ ދުވަހުއެވެ.

ޔުމްނާ އާއި ނާދިރާ އެމްއާރްއެމްގެ ނައިބު ރައީސުންގެ މަގާމަށް އައްޔަން ކުރީ ރޭ ބޭއްވުނު އެޕާޓީގެ އިންތިގާލީ އެގްޒެކެޓިވް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ. ރޭ ބައްދަލުވުމުގައި އެމްއާރްއެމްގެ ސެކެޓަރީ ޖެނެރަލްގެ މަގާމަށް އަބުދުލްއަލީމް ވެސް ވަނީ އިންތިހާބު ކޮށްފައެވެ.

އެމްއާރްއެމް އުފައްދަން ބާއްވަން ޖެހޭ ޖަލްސާ މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ބާއްވައިފައިވާއިރު، އެ ޖަލްސާގައި،  އެޕާޓީގެ އިންތިގާލީ ރައީސް، ރައީސް މައުމޫން ވިދާޅުވީ އެމްއާރްއެމް ވެގެން ދާނީ ސިޔާސީ މައިދާނަށް ބަދަލު ގެންނާނެ ޕާޓީއަކަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.