ހުރިހާ ގަޑިއެއްގައި މުދާ އުފުލާ އުޅަނދުފަހަރު މުދާ ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީން ދީފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ 25 ނޮވެމްބަރު 2019 އިން 05 ޖަނަވަރީ 2020 އަށް ހުރިހާ ގަޑިއެއްގައި މުދާ އުފުލާ އުޅަނދުފަހަރު މުދާ ބަރުކޮށްގެން މާލެ އާއި ހުޅުމާލޭގައި ވެސް އުފުލޭގޮތަށް ހުއްދަ ދީފައިވާ ކަމަށާއި، އެގޮތައް ހުއްދަ ދީފައިވަނީ ސްކޫލު ބަންދު ދުވަސްވަރަކަށް ވުމުން ކަމަށެވެ.

މާލޭގައި މުދާ އުފުލާ ގަޑިތަކަށް ފުރަތަމަ ބޮޑު ބަދަލެއް ގެނައީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ.

ނަމަވެސް ފަހުން ވަނީ ދުވާލުގެ ވަގުތުތަކުގައި 350 ކިލޯއަށްވުރެ ދަށުގެ މުދާ އުފުލާ އެއްގަމުއުޅަނދުގައި މުދާ އުފުލުމުގެ ހުއްދަ ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.