ޖަމިއްުޔަތުލް ސަލަފާއި، ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ ޝަހީމް އަލީ ސައީދު ހިމެނޭ ގޮތަށް، މަރު ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޑރ. އަފްރާޝީމް އަލީގެ ރިޕޯޓުގައިވާ އެންމެންނަށް ފިޔަވަޅު އަޅަން ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

މަރު ކޮމިޝަނުގައި ހިމެނޭ އެންމެންނަށް ފިޔަވަޅު އެޅުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 47 މެންބަރުންގެ ވޯޓާއި އެކުގައެވެ.

އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ނުފެންނަ ވޯޓު ދެއްވީ މަޖިލީހުގެ 10 މެންބަރެކެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާ ގުޅިގެން އެކުލަވާލި ރިޕޯޓުގައި ވަނީ، އޭނާ އަވަހާރަކޮށްލީ ދީނީ ހިޔާލުތަފާތު ވުމެއްގެ ތެރެއިން ކަމަށާއި އެކަން ހިންގުމުގައި ސަލަފުގެ ބޮޑު ދައުރެއް އޮތް ކަމަށެވެ. 

ޑރ. ޝަހީމަށް ފިޔަވަޅު އަޅަން ނިންމާފައިވީ ނަމަވެސް ރައީސް ޞާލިހު ޤާނޫނީ ބާރު ދީގެން މަރުގެ މައްސަލަތައް ތަހުގީގުކުރަން އުފެއްދެވި ކޮމިޝަންގެ ރިޕޯޓުގައި، ޝަހީމަށް އެފަދަ ތުހުމަތެއްކޮށްފައެއް ނުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.