އައިޖީއެމްއެޗުގެ ނަރުހުންތަކެއް -- ފައިލް ފޮޓޯ

ސަރުކާރުގެ މައި ހޮސްޕިޓަލް, އިންދިރާގާންދީ މެމޯރިިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.

އެ އިއުލާންގައިވާގޮތުން ސަރުކާރުން ހޯދުމަށް މަސައްކަތް ކުރަނ ީ18 ނަރުހުންނެވެ. ހޯދުމަށް އިއުލާންކުރި ނަރުހުންގެ ތެރޭގައި ރެޖިސްޓަރޑް ނަރސް / ސީނިއަރ ރެޖިސްޓަރޑް ނަރސް / ކްލިނިކަލް ނަރސް ހިމެެނެ އެވެ.

މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 9000 އިން 11000 ދެމެދުގެ އަދެކެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ތެރެގައި ރައްކާތެރިކަމާއެކު ބަލިމީހުންނަށް ބޭނުންވާ ނަރސިންގ ކެއަރ ރާވާ ޚިދުމަތްދީ އިވެލުއޭޓްކުރުމާއި، ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނަރސިންގ ކެއަރގެ ޕްލޭން އެހެން ސިއްހީ ޕްރޮފެޝަނަލުންނާއެކު ވިލަރެސްކޮށްގެން ރާވާ އެ ޕްލޭނާ އެއްގޮަތަށް ފަރުވާދިނުން ހިމެނެ އެވެ.

އޭގެއިތުރުން ބަލިމީހުންނަށް ބޭނުންވާ ހޯލިސްޓިކް ނަަަަަަަަަރސިންގ ކެއަރ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ދެވޭނެގޮތް އިންތިޒާމްކޮށް، ރައްކާތެރިކަމާއެކު ޚިދުމަތްދީ ދެވޭ ޚިދުމަތްތައް މޮނިޓަރކުރުމާއި އިވެލުއޭޓްކުރުމާއި، ފަރުވާދޭ މާހައުލުގައި އަދި މުޖުތަމައުގައި ހިންގާ ނަރުހުންނަށް އުގަންނައިދިނުމުގެ ހަރަކާތްތަކާއި ސިއްހީ ހޭލުންތެރިކަމާއި ސިއްހަތު ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތަައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުންވެސް ހިމެނ އެވެ. އަދި ބަލިމީހާއާއި ބަލިމީހާގެ އާއިލާތަކުން ބަލިން ރައްކާތެރިވުމާއި ފަރުވާކުރުމާއި ކެއަރއާ ބެހޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބުދީ އޮޅުންފިލުވާދިނުންވެސް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭއިރު، އެހެން ނަރުހުންނާއި ބަލިމީހާއަށް ޕަރސަނަލް ކެއަރދޭ އެހެން ސިއްހީ ޚިދުމަތްތެރިން ސުޕަވައިޒްކޮށް ވިލަރެސްކުރުންވެސް ހިމެނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.