ކޮވިޑްގެ ކޭސްތައް ޖަޕާންގައި އަންނަނީ އިތުރުވަމުން

ކޮވިޑް 19 ގެ ސަބަބުން ޖަޕާންގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އެގައުމުން އިތުރުކުރާނެ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

މިދިޔަ މަހުގެ ތެރޭގައި އެގައުމުގެ ސަރުކާރުން 11 ސަރަހައްދެއްގައި ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިއިރު އެ މުއްދަތު މި މަހުގެ ހަތް ވަނަ ދުވަހަށް ހަމަވާނެއެވެ. އަންގާރަ ދުވަހުގެ ތެރޭގައި ސިއްޚީ މާހިރުންނާއި ސަރުކާރުގެ އެހެނިހެން އިދާރާތަކާއެކު މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށްފަހު މި މުއްދަތު އިތުރުކުރާނެ ކަމަށް ބެލެވެއެވެ. އަދި މި މުއްދަތު އިތުރުކުރުމަށްފަހު ބޮޑުވަޒީރު ސޫގާ ނޫސްވެރިންނާއި ވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގައުމުގެ ދައުލަތުގެ ޓީވީއިން ހާމަކޮށްފައިވާ ގޮތުގައި މާޗް މަހުގެ ހަތްވަނަ ދުވަހާ ހަމަޔަށް އެ މުއްދަތު އިތުރުކުރާނެއެވެ. އެހެން ނަމަވެސް މިފަހަރު ކުއްލި ހާލަތު އިއުލާންކުރާނީ 10 ސަރަހައްދެއްގައެވެ. ކޭސްތައް މަދުވެފައިވާ ޓޮޗީގީގައި ކުއްލި ހާލަތު އިއުލާން ނުކުރާނެއެވެ.

ޖަޕާން މިހާރު ކުރިމަތިލަމުންދަނީ ކޮވިޑްގެ ތިންވަނަ ރާޅާއި ކަމަށްވާއިރު ބޮޑުވަޒީރު ސޫގާގެ ސަރުކާރުން ވަނީ ކޭސްތައް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ މިއަހަރު އެގައުމުގައި އޮލިމްޕިކްސް ވެސް ކުރިޔަށް ގެންދިޔުމުގެ އަމާޒުގައެވެ. އެހެން ނަމަވެސް ފިޔަވަޅުތައް ލަސްވެފައިވާ ކަމަށާއި އެންމެ އެދެވޭ ގޮތަށް ކޮވިޑާއި ދެކޮޅަށް މަސައްކަތްތައް ކުރެވެމުންނުދާ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވެއެވެ.

ޖަޕާނުން މިހާތަނަށް 390،687 މީހަކަށް ކޮވިޑް ޖެހި 5،766 މީހުން އެ ބަލީގައި މަރުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *