ސިމްޑީގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކުންފުނީގެ ފަރާތުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ކުރިޔަށް ގެންގޮސްފިއެވެ.

މި ހަރަކާތް އެ ކުންފުނިން ކުރިޔަށް ގެންގޮސްފައިވަނީ މޯލްޑިވްސް ބްލަޑް ސާވިސަސް އާ ގުޅިގެންނެވެ. މި ހަރަކާތުގައި އެ ކުންފުނީގެ އެކި ފަންތީގެ މުވައްޒިފުން ވަނީ ބައިވެރިވެފައެވެ. ހަމައެހެންމެ ބައެއް މުވައްޒަފުންގެ އާއިލާ މެމްބަރުންނާއި ރަހުމަތްތެރިން ވެސް ލޭ ހަދިޔާކުރުމުގައި ބައިވެރިވެފައިވާ ކަމަށް ސިމްޑީއިން ވަނީ ބުނެފައެވެ.

ސިމްޑީއިން ހާމަކޮށްފައިވާ ގޮތުގައި މުޖުތަމައުއަށް ފައިދާހުރި މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެ ކުންފުނީގެ ފަރާތުން އަބަދުވެސް ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. އަދި އެ ކުންފުނީގެ ފަރާތުން ވަނީ މި ހަރަކާތަށް މުވައްޒިފުންގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ލޭ ހަދިޔާކުރުމުގެ އިތުރުން ވެސް ސީއެސްއާރުގެ ދަށުން އިތުރު ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންދިޔުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.