ލިޓަސް އޮޓޯ މޯބައިލްސްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހަތަރު ސައިކަލު ހަދިޔާކޮށްފިއެވެ.

މި ކަމަށްޓަކައި އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެ ސައިކަލުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ލިޓަސް އޮޓޯ މޯބައިލްސްގެ ފަރާތުން އެތަކެތި ހަވާލުކޮށްދެއްވީ ލިޓަސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ޒާހިރެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން ލިޓަސްގެ އިސް ބައެއް މުވައްޒަފުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ހަމީދު ވަނީ ލިޓަސްގެ ފަރާތުން ފުލުހުންނަށް ފޯރުކޮށްދެމުންގެންދާ އެހީތެރިކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ލިޓަސްގެ ފަރާތުން ފުލުހުންނަށް އޯޖޫ ބްރޭންޑްގެ ހަތަރު ސައިކަލް ހަދިޔާކުރިއިރު މި ސައިކަލްތައް ބޭނުންކުރަން ހަމަޖެހިފައިވަނީ ފުލުހުންގެ އެކި މަސައްކަތްތަކަށް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.