ލަނޑާ ނަގާ ދޯންޏެއްގައި މާރާމާރީ ހިންގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހު ކަނޑަށް އެއްލާލުމުގައި ބައިވެރިވެފައި ވަނީ އެންމެ މީހަކު ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއވެެ.

ހޯމް މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ، މާރާމާރީ ހިނގި ވަގުތު އެހެން މީހުން ތިބީ ނިދާފައި ކަމަށާއި، މައްސަލައިގައި މިހާތަނަށް ކުރިއަށް ގެންދިޔަ ތަހުގީގަށް ފެނުނީ މައްސަލައިގައި ހައްޔަރު ކުރަން ޖެހެނީ އެންމެ މީހެއް ކަމަށްވާތީ އެމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މާރާމާރީ ހިނގި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭ ސަބަބެއް ވެސް ތަހުގީގަށް ފެނިފައި ނުވާތީ، އެ ދޯނިވެސް އަދި އެ ދޯނީގައި ތިބި އެހެން މީހުން ވެސް ހައްޔަރުކޮށްފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާރާމާރީގައި، ޒަހަމްވި މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވެއެވެ. ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމާރާމާރީ ހިނގީ ހަރުކަށި ފިކުރުގެ މީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން އެމީހުންނާއި ބައިއަތު ނުހިފުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.