ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކުރި ތަޙްޤީޤާއި ގުޅިގެން މީހަކު ހައްޔަރު ކުރެވޭނެ ހެއްކެތް ނެތް ކަމަށާއި އަދި ދައުވާއެއް ވެސް އުފުލޭނެ ފަދަ ހެއްކެތް ލިބިފައި ނެތް ކަމަށް ރިޔާސީ ކޮމިޝަނުންނާއި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވެފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރ އިމްރާން ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓް ރިޔާސީ ކޮމިޝަނުން ނެރުމުން ރިޔާސީ ކޮމިޝަނާއި ޕީޖީ އަދި ފުލުހުންނާއި އެކު ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

"ރިޔާސީ ކޮމިޝަންގެ ނައިބު ރައީސާ ވިދާޅުވި އެ ރިޕޯޓްގައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ހައްޔަރު ކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރައްވަމޭ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި އޮތް އަލީ ޝާން (ސަޓޯ) އާއި ދެކޮޅަށް ރިޔާސީ ކޮމިޝަނަށް ހެެއްކެއް ހޯދިފައި ނުވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.