އައިއެސް ޖަމާޢަތާއި ގުޅުން އޮތް މީހުން ރާއްޖޭގައި އެބަތިބި ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އައިއެސް ޖަމާޢަތާއި ގުޅުން އޮތް މީހުން ރާއްޖޭގައި އެބަތިބި ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ. އަދި ހައްޔަރުކޮށްފައިވާ މީހުންގެ އަދަދެއް ވެސް ވިދާޅެއް ނުވެއެވެ.

ޑރ.އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން މަރާލި މައްސަލަ ތަޙްޤީޤު ކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ވެސް ވަނީ ރާއްޖޭގައި ޖިހާދީ ފިކުރުގެ ޖަމާޢަތްތައް ހަރަކާތްތެރިވާ ކަމަށް ބުނެފައެވެ. އެ ރިޕޯޓުގައި ވަނީ ހަރުކަށި ފިކުރު ފެށިގެން އައި އެފަދަ ބައެއް މީހުންގެ ނަންތައްވެސް ހިމަނައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.