ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެގިނަ މެންބަރުން ތިބި ސިޔާސީ ޕާޓީއަކަށް އެމްޑީޕީ ވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ސިޔާސީ ޕާޓީތަކުގެ ތަފާސް ހިސާބު ދައްކާ ގޮތުގައި އެމްޑީޕީގައި 53،694 މެންބަރުން އެބަ ތިއްބެވެ. އެމްޑީޕީއަށްފަހު ދެން އެންމެ މެންބަރުން ގިނަ ޕާޓީއަކީ އިދިކޮޅު ޕީޕީއެމް އެވެ. އެޕާޓީގައި 36،831 މެންބަރުން އެބަތިއްބެވެ. 

ތިންވަނައަށް އެންމެ ގިނަ މެމްބަރުން ތިބީ ޖުމްހޫރީ ޕާޓީގަ އެވެ. އެއީ 10،726 މެންބަރުން ނެވެ. އެމްޑީއޭގައި 8،805 މެންބަރުން  ތިބިއިރު އަދާލަތު ޕާޓީގައި ތިބީ 6554 މެންބަރުންނެވެ. އަދި ޕީއެންސީގައި 4367 މެންބަރުން ތިބިއިރު އެމްޓީޑީގައި ތިބީ 3498 މެންބަރުންނެވެ. ލޭބާ ޕާޓީގައި 3004 މެންބަރުން ތިބިއިރު ޑީއާރްޕީގައި ތިބީ 2985 މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ 10 ޕާޓީއެއް އެބައޮތެވެ. މިއަދުވަނީ އެމްއާރްއެމްވެސް ރަޖިސްޓްރީ ކޮށްދީފައެވެ. އެހެންކަމުން ޕާޓީތަކުގެ ލިސްޓް 11 އަށް އަރާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.