ހުޅުމާލޭގެ ގެސްޓް ހައުސްއެއްގައި 11 ފިރިހެނުންނާއެކު ޕާޓީކުރަމުން ދަނިކޮށް ހައްޔަރު ކުރި ފިލްމީ ތަރި، މަލީހާ ވަހީދު (މަލް)  ދޫކޮށްލައިފި އެވެ.

އެކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި  މިހާތަނަށް ލިބިފައެއް ނުވެއެވެ.

މަލީހާ ހައްޔަރު ކުރީ މިމަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ގެސްޓު ހައުސްއެއްގައި ބަނގުރާ ބޭނުކޮށް ޕާޓީ ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭ ޕޮލިސް އާއި އެސްއޯ ގުޅިގެން އެރޭ 20:04 ހާއިރު ހިންގި އޮޕަރޭޝަނެއްގަ އެވެ.

މަލް ހިމެނޭހެން 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. އެގޮތުން މުއްދަތު ޖަހަން ކޯޓަށް އެމީހުން ގެންދިއުމުން އޭގެ ތެރެއިން ތިން ފިރިހެނަކު ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފަ އެވެ. އަދި ފަސް ފިރިހެނެއްގެ ބަންދަށް އަށް ދުވަސް ޖެހިއިރު މަލީހާ ހިމެނޭހެން ބާކީ ތިބި މީހުންގެ ބަންދުގެ މުއްދަތަށް ވަނީ ހަތަރު ދުވަސް އިތުރުކޮށްފަ އެވެ. ބެލެވޭ ގޮތުގައި މަލް ދޫކޮށްލާފައި މިވަނީ އޭނާގެ ބަންދަށް ޖެހި މުއްދަތު މިމަހުގެ 23 ގައި ހަމަވެފައި ވާތީ އެވެ.

ބަނގުރަލާއި އެކު ޕާޓީ ކުރަމުން ދަނިކޮށް މަލް ހައްޔަރުކުރިއިރު މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުލަތުން މިހާރު ވެސް އޭނާގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

މަލް އާއި އިތުރު އަންހެނަކު މާމިގިލިން ހައްޔަރުކޮށް ފާސްކުރުމުން އެމީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލުމުން މަލްގެ އިތުރުން ދެން އެމައްސަލައިގައި ދައުވާ ލިބޭ ރިފްގާ ދައުވާ އަށް އިންކާރު ކުރި ނަމަވެސް އެމީހުންގެ ދިފާޢުގައި ހެކި ހުށަހަޅާފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.