ގއ.ގެމަނަފުށީގައި ބަޔަކު ރަސޫލުކަމަށް ދައުވާކުރާ ކަމަށް ބުނެ އާންމު ފަރާތަކުން ފޭސްބުކްގައި ޕޯސްޓް ކޮށްފައި ވާތީ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ވަނީ އެފަދަ މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމުގައި ވިދާޅުވެފައެވެ.

ޝިޔާން ވިދާޅުވީ، އެ ޕޯސްޓްގައި އެބުނާ ގޮތައް އެރަށުގެ ބަޔަކު ރަސޫލުކަމަށް ދައުވާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާކަމަށެވެ.

ގއ.ގެމަނަފުށީގައި ބަޔަކު ރަސޫލުކަމަށް ދައުވާކުރާ މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، މި ދުވަސްވަރަކީ ދީނީ ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގައި އިތުރުވަމުން އަންނަ ދުވަސްވަރެއް ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.