ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ (ޖީއެމްއައިޒެޑްއެލް)ގެ ބޯޑް މެންބަރުން ކުންފުނި ހިންގުމުގެ ތެރެއަށް ވަންނަން މަސައްކަތް ކުރަމުންދާ ކަމަށާއި އެ ފުރުސަތު އެފަރާތްތަކަށް ނުދެއްވާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ "ހަބަރަށްފަހު" ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން އެމްޑީ އިބްރާހިމް ވިދާޅުވީ މި މައްސަލަ ފެންމަތިވެގެން އައީ ބޯޑުގެ ޗެއާމަން "ކެބިން"އެއް ހައްދަވަން އުޅުއްވުމުން ހިޔާލު ތަފާތުވުމުންކަމަށެވެ. އަދި ޗެއަރމަންއަކީ އޮފީހުގައި އިންނަން ޖެހޭ މީހެއް ނޫންކަމުގައިވެސް އެމްޑީ އިބްރާހިމް ވިދާޅުވިއެވެ.

"ޗެއާމަން ބޭނުންވީ އޮފީހުގައި ކެބިންއެއް ހައްދަވައިގެން އިށީނދެވަޑައިގެން އިންނެވުމަށް، އެހެންނަމަވެސް އަޅުގަނޑަށް އެނގޭ ކޯޕަރޭޓް ގަވަނަންސްގެ ތެރެއިން ސަރުކާރުގެ ކުންފުނިތައް އޮޕަރޭޓް ކުރާގޮތަށް ބަލާއިރު ޗެއާމަންއަކީ އޮފީހުގައި އިށީނދެވަޑައިގެން އިންނަވާ ބޭފުޅެއް ނޫންކަން. ބޯޑަށް ވަޑައިގެން ބޯޑު މީޓިން ރޫމުގައި އިންނަވާފައި ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ޖެހޭ ބޭފުޅެއް އެއީ. އެންމެ ފަހުން އެކަން ހައްލުކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންޓަފިއާކޮށްގެން ކެބިން ހެދުމުގެ ކަންތައް ހުއްޓުވައި، އެއީ ވާނެ ކަމެއް ނޫން ކަމަށް ޗެއާމަނަށް އަންގާ ހިސާބަށް އެކަންތައް ދިޔަ،" އޭނާ ވިދާޅުވިއެވެ.

އެމްޑީ އިބްރާހިމް ވިދާޅުވީ، މިދިޔަ މާރިޗް މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ބޯޑު މީޓިންއެއްވެސް ބޭއްވުމެއް ނެތި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ބާރުތައް ނެގުމަށް ބޯޑުން މަސައްކަތް ކުރި ކަމަށާއި، އެގޮތުން ބޯޑުގެ ބައެއް މެންބަރުން ސޮއިކުރައްވާ އެމްޑީގެ ބާރުތައް އެހެން މީހަކަށް ދޭން އެއިރު ނިންމެވި ކަމަށެވެ.

މީގެ އިތުރުން އެމްޑީ އިބްރާހިމް  ވިދާޅުވީ ކޯޕަރޭޓް ގަވަނެންސް އުސޫލުތަކުގެ ބޭރުން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި، ކުރައްވާފައިވާ ކޮންމެ ކަމެއް ކޮށްފައިވާނީ ޤާނޫނާއި ގަވައިދުގެ ތެރެއިން ކުރާ ކަމެއް ރަނގަޅަށް އެނގިވަޑައިގެން ކަމަށެވެ.

އެމްޑީ އިބްރާހިމް މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ޗެއަރމަން ވިދާޅުވީ، އެކުންފުނި ހިންގަމުން އަންނަނީ ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.