އަނބިކަނބަލުން ފާތުމަތު ދިޔާނާ ސައީދާ ދިމާ ނުކުރުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ ކިބައިން ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

އުމުން 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ކުރިއަށްގެންދާ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ދިޔާނާއަކީ ލާދީނީ އަންހެނެއް ނޫން ކަމަށާއި، އެކަމަނާއަށް އުނދަގޫ ނުކުރުމަށް ޑރ. އިޔާޒްގެ އަރިހުން އެދޭކަމަށެވެ.

"އިޔާޒަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުގެ އަންހެނުން ފާތުމަތު ދިޔާނާ ސައީދަށް އުނދަގޫ ނުކުރާށޭ، އެއީ ލާދީނީ ބޭފުޅެއްނޫނޭ އެބޭފުޅާގެ މަންމާ ފުޅަކީވެސް ކީރިތި ގުރުއާން ހިތުދަސް އަދި ބައްޕާފުޅަކީވެސް ދަންނަބޭކަލެކޭ، ކާފާފުޅަކީ މިރާއްޖޭގެ ފުރަތަމަ ބަންޑާރަ ނައިބޭ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އިސްްލާމްދީނޭ ކިޔައިގެން ޑރ. އިޔާޒް ފަދަ ބޭފުޅުން މީހުންގެ އަނބިންނާ ބެހި ހެދުމަކީ ހަޑި ކަމެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.