ކާށިދޫ އާއި ގާފަރާއި ދޭތެރޭގައި ކޭބަލް ކާރު އެޅޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ މަސައްކަތްތައް ފެށުމަށް ދިރާސާ ކުރަން ތައްޔާރުވަމުން އަންނަ އިޓަލީ ކުންފުނި ސިންޓެކްނިކާ އިންޖީނިއަރިންގ އިން ބުނެފިއެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ވަގުތައް" ދިން  އިންޓަވިއުއެއްގައި ސިންޓެކްނިކާ އިންޖީނިއަރިންގގެ ޕްރެޒިޑެންޓް ލުކާ ވިދާޅުވީ، ކޭބަލް ކާ ޕްރޮޖެކްޓަކީ ތިމާވެށީގެ ގޮތުން ބެލިކަމުގައިވިޔަސް ވަރަށް ފައިދާ ކުރާނެ ޕްރޮޖެކްޓެއް ކަމަށެވެ.

"ކޭބަލް ކާ ޕްރޮޖެކްޓަކީ ވަރަށް ސްމާޓް ޕްރޮޖެކްޓެއް، ދުރުރާސްތާ ކައިރި ކޮށްލަން. އަޅުގަނޑުމެން މިހާރު ރާއްޖޭގައި މިތިބީ ހުރިހާ މައުލޫމާތެއް ހޯދަން. އަދި އެ ޕްރޮޖެކްޓް ގެނައުމަށް ތައްޔާރުވުމަށް" ލޫކާ ވިދާޅުވިއެެވެ.

ލޫކާ ވިދާޅުވީ، މި ޕްރޮޖެކްޓް ކާށިދޫ އާއި ގާފަރާ ދެމެދު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި، އެކަން ކުރުމަސް އެއްވެސް ވަރަކަށް ފަސް ނުޖެހޭ ކަމަށެވެ.

"މިކަހަލަ ޕްރޮޖެކްޓްތައް އެހެން ގައުމުތަކުގައި ކުރިއަށް ގެންގޮސްފައިވަނީ ބޮޑެތި ފަރުބަދަތައް މަތީ. އެއީވެސް ބުރަ މަސައްކަތްތަކެއް، ވަރަށް ވައި ވެސް ގަދަވާނެ، އެހެންވީމަ އަހަރެމެން ބިރެއް ނުގަނޭ. މިތާ ބޮޑު ކަނޑެއް އޮތަސް މި ޕްރޮޖެކްޓް ކުރިއަށް ގެންދަން، އެ ސަރަހައްދުގެ ޓްރޮޕިކަލް ކޮންޑިޝަން އަށް ބަލާފައި" ލޫކާ ވިދާޅުވިއެެވެ.

ލޫކާ ވިދާޅުވީ، އެނބުރި ޤައުމަަށް ގޮސް އެ ޕްރޮޖެކްތްގެ ދިރާސާ ފަށާނެ ކަމަށެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.