ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއު ވެސް ހަލުވި މިނެއްގައި ކުރިޔަށްދާ ކަމަށް އެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން މިއަދު ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ މަގުތަކުގައި ގައު އެތުރުމުގެ މަސައްކަތެވެ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުއެވެ. މިއީ 09 ސެޕްޓެމްބަރ 2020 ގައި އެމްޓީސީސީއާ ހަވާލުކުރެވުނު ކޮންޓްރެކްޓެކެވެ.

ޖުމްލަ 37.8 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ބެލެވޭ މި މަޝްރޫއުގައި ރ.ދުވާފަރުގައި ފައިމަގުގައި ހިނގުމަށް 4،960 އަކަ މީޓަރުގެ ސަރަހައްދެއް، އަދި ދުއްވާ އެއްޗިއްސަށް 17،790 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުންވެސް ކޭބަލް ހޮޅިވަޅުލުމާއި، މަގުބައްތި އަދި ނިޝާން ހަރުކުރެވޭނެއެވެ.

މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 300 ދުވަހުގެ މުއްދަތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. އެމްޑީޕިގެ ވެރިކަމެއްގަ ދުވާފަރު ރައްޔިތުން ނަށް އުފާވެރި ކަމާ ހިތް ހަމަ ޖެހޭ ދިރިއުޅުމެއް އެމްޑީޕި އަށް ވާނެ ،

ކޮމެންޓް

Your email address will not be published.