އުމުރުން 6 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިން އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ، ބައްދަލުކުރައްވާ ހިތްވަރުދެއްވައިފިއެވެ.

އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވީ އުމުރުން 6 އަހަރުގައި ޔޫސުފް ބިން މާޒިން ޤުރްއާން ހިތުދަސްކޮށްފައިވާތީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ، ބައްދަލުކުރައްވާ ހިތްވަރުދެއްވާފައިވާ ކަމަށާއި، އެ ބައްދަލުވުމުގައި ޔޫސުފްގެ ބައްޕަ މާޒިން ހުސައިން އިބްރާހިމް އާއި މަންމަ އުންމު ހާނީ ވެސް ބައިވެރިވިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ހާފިޒުންގެ ލިސްޓުގައި ޔޫސުފް ހިމެނުމަށްޓަކައި ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ކޮމިޓީއަށް ކިޔައި ދިނުން ކުރިއަށް ގެންދިއުމުން އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.

ޔޫސުފް ވެގެންދާނީ ރާއްޖޭގެ އެންމެ ހަގު ހާފިޒަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.