ކުޑަކުދިންނާއި މެދު އަނިޔާވެރިވާ ފަރާތްތަކާއި ޤާނޫނު އަރާ ހަމަކުރާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހުގެ ރޭ އރކަމަނާ ކުރައްވާފައިވާ ޓްވީޓެއްގައި ިދާޅުވެފައިވަނީ ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ޖާގަ ނުދެއްވާނެ ކަމަށާއި އިސްލާމް ދީނުގެ ރިވެތި މަތިވެރި އުސޫލުތައް ކިލަނބުކޮށް ދީން އައްޑަނައަކަށް ހަދައިގެން ކުޑަކުދިންނާއިމެދު އަނިޔާވެރި ޢަމަލުތައް ހިންގާ ފަރާތްތަކާއި ޤާނޫނު އަރާ ހަމަކުރާނެކަމަށެވެ.

ޝިދާތާ މިހެން ވިދާޅުވެފައި މިވަނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރެވެއެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ގަވާއިދާ ހިލާފަށް ކައިވެނި ކޮށްގެން އުޅޭކަމަށް އަޑު ފެތުރިފައިވަނީ، ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯނީޏެއްގައި ހިނގި މާރާމާރީ އެއގައި ރ. މަޑުއްވަރީ މީހަކަށް އަނިޔާކޮށް ކަނޑަށް އެއްލާލި މައްސަލަ ފެންމަތިވުމާއި އެކުއެވެ. އެ ކުއްޖާ ދަރިއަކަށް ބަލިވެއިން މައްސަލައެއް ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ދަނީ ތަހުޤީގު ކުރަމުންނެވެ.

އާދިއްތަ ދުވަހު ފުލުހުންނާއި، ޖެންޑަރ މިނިސްޓްރީ ގުޅިގެން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތައުލީމާއި ސިއްހީ ހައްގުތަކުން މަހުރޫމް ކޮށްފައިވާކަމުގެ މައުލޫމާތު 2018 ވަނަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައިވާ ކަމަށާއި، އޭރުން ފެށިގެން އެ މައްސަލަ ތަހުގީގުކޮށް ގާތުން ބަލަމުން އަންނަ ކަަމަށެވެ.

އެ ކުއްޖާގެ އާއިލާ އަކީ ދީނުގެ ހަރުކަށި ވިސްނުމުގެ އާއިލާއެއްކަން ފާހަގަކުރަމުން ފުލުހުންގެ ބަޔާނުގައި ބުނީ، އެކަމުގެ ސަބަބުން އެ އާއިލާ އަށް ނިސްބަތްވާ ކުދިންނަށް އެކަށީގެންވާ ތައުލީމުގެ ފުުރުސަތު ފަހިކޮށް ދިނުމާއި، ސިއްހީގޮތުން އަޅަން ޖެހޭ ރައްކާތެރިކަމުގެ އިތުރުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. ފުލުހުންގެ ތަހްގީގަށް ހޯދިފައިވާ މައުލޫމާތުގެ މައްޗަށް ބަލާއިރު ކައިވެނީގެ ނަމުގައި އެއްވެސް ފަރާތަކާއި އެ ކުއްޖާ ގުޅިފައެއް ނުވެއެވެ.

އެފަދަ މައްސަލަތަކުގައި ޝިކާރާއަކަށްވާ ކުދިންނަށް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.