ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާނެ ފަނޑިޔާރުންގެ ލިސްޓެއް އިލްމުވެރިންގެ ގުޅުމުން ރައީސުލްުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެއްވުމަކީ ޤިޔާމަތުގެ އަލާމާތެއް ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ، ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާ ފަނޑިޔާރުންގެ ކިބައިގައި ހުންނަން ވާނެ  ޝަރުތުތައް ހިމަނައިގެން އިލްމުވެރިންގެ ގުޅުމުން ބަޔާނެއް ނެރެ، އެޖަމިއްޔާ އަށް ފެންނަ ބައެއް ބޭފުޅުންގެ ނަންތައް ރައީސް ޞާލިހަށް ފޮނުވުމުން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އިންތި ވިދާޅުވީ، ސަދޫމްގެ ފަނޑިޔާރުގެއެއް މިގައުމުގައި އޮތް އިލްމުވެރިންގެ ގުޅުމުގެ އެއްވެސް އިލްމުވެރިޔަކު އަނގައިން އެއްވެސް އެއްޗެއް ނުބުނާ ކަމަށެވެ.

"ސަދޫމްގެ ފަނޑިޔާރުގެއެއް މިގައުމުގައި އޮތް އިރު އަނގައިން ބުނި އެކަކު ވެސް ތީގެ ތެރޭގައި ނެތް އިރު، ޝަރުތު ހަމަވާ ފަނޑިޔާރުންގެ ލިސްޓެއް ފޮނުވީޔޯ" އިންތި ކުރެއްވި ޓްވީޓުގައިވެއެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް އިލްމުވެރިން ރައީސަށް ފޮނުވި ލިސްޓް އާއްމު ކޮށްފައެއް ނުވެއެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާނެ ފަނޑިޔާރުންގެ ލިސްޓެއް އިލްމުވެރިންގެ ގުޅުމުން ރައީސް ޞާލިހަށް ފޮނުވާފައި ވާއިރު އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތައް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމު މިހާރު ވަނީ ހުސްވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.