ޖަމިއްޔަތުއް ސަލަފް އާއި ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު އަށް ފިޔަވަޅު އަޅަން މާދަމާގެ ޖަލްސާގައި އެޖެންޑާކޮށްފިއެވެ.

ސަލަމް ޖަމިއްޔާ އާއި ޑރ. ޝަހީމަށް ފިޔަވަޅު އެޅުމާއި ގުޅޭގޮތުން މާދަމާގެ ޖަލްސާގައި ގޮތެއް ނިންމަން ހަމަޖެހިފައިވާއިރު، އެފަރާތްތަކާއި މެދު ފިޔަވަޅު އަޅަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ، ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ އާއި ގުޅިގެންނެވެ.

އަފްރާޝީމްގެ މަރާއި ގުޅިގެން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަބަލަން ރައީސް ޞާލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ދިރާސާކޮށް މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި ރިޕޯޓް، މަޖިލީހުގެ މާދަމާ އޮންނަ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމެޓީގެ ރިޕޯޓު މަޖިލީހަށް ހުށަހަޅައި ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލައި، އިސްލާހުތަކަށް ވޯޓަށް އަހާނެއެވެ.

ދީނީ ޢިލްމުވެރިޔާ، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލައިފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.