Covid-19 Vaccine Ahmed Naseem
މިއަދު ފެށި ވެކްސިން ޕްރޮގްރާމްގައި، ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވެކްސިން ޖައްސަވަނީ

ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ފައިޒާ ވެކްސިންވެސް ރާއްޖެ އަށް ގެނަންނާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

"ކޯވިޑް-19 ދިފާޢު" ގެ ނަމުގައި ސަރުކާރުން މިއަދު ފެށި ވެކްސިން ޕްރޮގްރާމްގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމްވެސް ވަނީ ވެކްސިން ޖައްސަވާފައެވެ. މި ކެމްޕެއިން ފެށުމަށް ޝޯޝަލް ސެންޓަރު ގައި ހުންނަވާ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނަސީމް ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި އެކި ވައްތަރުގެ ވެކްސިންތައް ރާއްޖެ ގެންނާނެ ކަމަށެވެ.

އަޅުގަނޑުމެން ތަފާތު ވެކްސިން ގެންނާނަން. އަޅުގަނޑުމެން ގެންނާނަން ފައިޒާ ވެކްސިންވެސް

އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބައޯއެންޓެކް ގުޅިގެން އުފައްދާފައިވާ ފައިޒާ ވެކްސިން އަކީ ކޮވިޑް-19 އިން ދިފާޢުވުމުގައި 95 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. މި ވެކްސިން ހިމެނެނީ ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިންގެ ތެރެއިން އެންމެ ކާމިޔާބު އެއް ވެކްސިންގެ ގޮތުގައެވެ.

މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.