6 ރަށެއްގެ ނަރުދަމާ ނިޒާމް އަދި 2 ރަށެއްގެ ފެނުގެ ނިޒާމް ގާއިމުކޮށް ނިންމާ ފެނަކަ ކޯޕަރޭޝަންއާއި ހަވާލުކޮށްފިއެވެ.
މިއަދު ޕްލޭނިންގް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައިމި ނިސްޓްރީގެ ފަރާތުން ފެނަކައާއި ހަވާލުކޮށްދެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. ކުންފުނީގެ ފަރާތުން ޙަވާލުވެވަޑައިގަތީ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ.
މަސައްކަތް ނިންމާ ފެންކުންފުންޏާއި ހަވާލުކުރީ:
- ދ. ކުޑަހުވަދޫ ފެނުގެ ނިޒާމް
- ތ. ގުރައިދޫ ފެނުގެ ނިޒާމް
- ހއ. އުތީމު ނަރުދަމާ ނިޒާމް
- ރ. ރަސްމާދޫ ނަރުދަމާ ނިޒާމް
- ނ. ލަންދޫ ނަރުދަމާ ނިޒާމް
- ފ. ފީއަލީ ނަރުދަމާ ނިޒާމް
- ރ. މާކުރަތު ނަރުދަމާ ނިޒާމް
- ޅ. ކުރެންދޫ ނަރުދަމާ ނިޒާމް
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.