Dr Jameel PPM PNC
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާ އެއްގައި ޑރ. ޖަމީލް ބައިވެރިވެވަޑައިގަންނަވަނީ

އެމްޑީޕީ އަށް އަބަދު ''ސަޅިބައިސާ'' ނުވިއްކޭނެ ކަމަށާއި، މިނިވަން އިންތިހާބެއް ބާއްވައިފިނަމަ އިދިކޮޅުން ފަތަހަކުރާނެ ކަމަށް ކުރީގެ ނައިބް ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް މިއަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، މި ވެރިކަމާއި ރައްޔިތުންގެ މަޖިލީހުން ސާބިތުވީ އެމްޑީޕީގެ ނާގާބިލުކަން ކަމަށެވެ. ކުރާނެ އިތުރު ތަޖްރިބާއެއް ނެތްކަމަށް ވިދާޅުވެ އެމްޑީޕީ އަށް ފާޑުކިޔަމުން އޭނާ ވިދާޅުވީ، ޕީޕީއެމުން ދެއްކި ތަރައްގީ ފެނި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އާޝޯހުވެފައިވާ ކަމަށެވެ.

އިންތިހާބު ފަތަހަކުރާނެ ކަމަށް ޖަމީލް ވިދާޅުވެފައި މިވަނީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ނިކުންނަނީ ވާދަވެރިން ތިން ބަލިކުރަން ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

އެމްޑިޕީއަށް އަބަދު ސަޅިބައިސާ ނުވިއްކޭނެ

 

 

ތިން ބަލިކަމަށް ނަޝީދު އިޝާރާތް ކުރައްވާފައިވަނީ މި ފަހުން ބޭއްވި ތިން އިންތިހާބުގައި ޕީޕީއެމަށް ލިބުނު ނާކާމިޔާބީއަށެވެ. އިއްޔެގެ ޕްރެސްކޮންފަރެންސް ގައި ނަޝީދު ވިދާޅުވީ، އެމްޑީޕީން އަމާޒުކުރަނީ ކުރިމަތިލި ގޮނޑިތަކުގެ 70 އިންސައްތަ ކާމިޔާބުކުރުން ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ތާވަލު ކޮށްފައިވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.