Myanmar's State Counsellor Aung San Suu Kyi
އަންގް ސަން ސޫކީ

މިޔަންމާގައި އަސްކަރީ ބަގާވާތެއްކޮށް އެގައުމުގެ ލީޑަރުު އަންގީ ސަން ސޫކީ ހައްޔަރުކޮށް ހިންގަމުންދާ ކަންތައްތަކަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އެމަނިކުފާނުގެ ވެރިކަން ބަދަލު ކުރަން ހިންގިފަދަ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އަސްކަރިއްޔާގެ ބާރުގެ ދަށަށް މިޔަންމާ ގެނެސް އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާން ކޮށްފައެވެ. ސޫކީ ހިމެނޭ ގޮތަށް ސިޔާސީ ލީޑަރުންތައް ހައްޔަރު ކޮށްފައިވަނީ އެ ގައުމުގައި ނޮވެމްބަރު މަހު ބޭއްވި އިންތިހާބު ގައި ސޫކީގެ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީން އޮޅުވާލުންތައް އޮޅުވާލާފައިވާ ކަމަށް ބުނެއެވެ.

އިންތިހާބުގެ ނަތިއްޖާ އަށް އިހްތިރާމްކޮށް ސިޔާސީ ހައްޔަރީން ދޫކޮށްލަން އެމެރިކާގެ އިތުރުން ޖަޕާނުން ވަނީ ގޮވާލާފައެވެ.

އެކަމާއި ގުޅުވައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަދަ ކަންކަމުން އަންގައިދެނީ އިދާރާތައް އިސްލާހު ކުރުމުގެ އިތުރުން ބަގާވާތްތެރިން ކޮށްފާނެ ކަމަށްކ ބަލައި ހުޝިޔާރުވެގެން ތިބުން ކަމަށެވެ. ސޫކީ ހައްޔަރުކޮށްފައިވަނީ އޭނާގެ ޕާޓީން އިންތިހާބު ކާމިޔާބުކޮށް ގާނޫނު ހަދާ މަޖިލީހުގެ ހުވާކުރައްވަން ތައްޔާރުވެފައި ވަނިކޮށެވެ. އެ އަމަލުތަކަކީ ލަދުވެތި އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވާ ނަޝީދު ވަނީ ސޫކީ މިހާރުން މިހާރަށް ދޫކޮށްލައި ގާނޫނު ހަދާ މަޖިލީހަށް ވަނުމުގެ ފުރުސަތު ދޭން ގޮވާލާފައެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ސޫކީ އަކީ އޭނާގެ ވެރިކަމުގައި ރޮހިންޔާ އަސްކަރިއްޔާ ބޭނުންކޮށްގެން އެ ގައުމުގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ތަކެއް ހިންގާފައިވާ ބޭފުޅެކެވެ. އެކަމާއި ގުޅިގެން ބައިނަލްއަގްވާމީ މަސްރަހުގައި އޭނާގެ އަގުވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. ނަމަވެސް މި ވާހަކަތައް ސޫކީ ވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ގައި ދޮގު ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.