އެއް ހަފްތާ ތެރޭގައި އެންމެ ގިނަ ވެހިކަލްގައި ސްޓިކާ ޖެހީ މިދިޔަ ހަފްތާގައި ކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހާއި ދެމެދު ފުލުހުން ވަނީ 1672 ވެހިކަލެއްގައި ސްޓިކާ ޖަހާފައެވެ.

ޕާކިންގ ވަޔަލޭޝަނސް ސްޓިކާ ޖެހުމުން، ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރު ނަމަ ދައްކަން 250 ރުފިޔާ ދައްކަން ޖެހޭއިރު، ދެވަނަ ފަހަރު ނަމަ 500 ދައްކަން ޖެހޭނއެވެ. އަދި ތިން ވަނަ ފަހަރު ނަމަ ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ.

ފުލުހުން ސްޓިކާ ޖެހި ވެހިކަލްގެ އަދަދާއި، އެވެހިކަލްތަކުގެ ތެރެއިން ކޮންމެ ވެހިކަލެއް 750 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ބަލައި ހިސާބު ހެދުމުން، ސްޓިކާ ޖަހައިގެން މިދިޔަ ހަފްތާގައި ދައުލަތައް ވަނީ 1.2 މިލިއަން ރުފިޔާ ލިބިފައެވެ.

މީގެ ކުރިން އެއް ފހަފްތާތެރޭގައި ފުލުހުން އެންމެ ގިނައިން ސްޓިކާ ޖަހައިފައިވާކަން ހިސާބުތަކުން ފެންނަން އޮތީ 1300 އުޅަނދުގައެވެ.

ފުލުހުން އާއްމު ކުރަމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު މީގެ ކުރިން ހަފްތާއެއްގެ ތެރޭގައި ފުލުހުން އެންމެ 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.