ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ސެމިނާރު މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު އިފްތިތާޙްކޮށް ދެއްވައިފިއެވެ.

މި ސެމިނާރަކީ ތ.އަތޮޅާއި ލ.އަތޮޅުގެ ޖުޑީޝަލް ދާއިރާއަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ސެމިނާރެކެވެ. 

މި ސެމިނާރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި، ޖޭއެސްސީގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ޝަރުއީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ގިނަ ފަރާތްތައް ބައިވެރިވެފައިވެއެވެ.

ޖުޑީޝަލް އެކެޑަމީން އިންތިޒާމްކޮށްގެން މިއަދުން ފެށިގެން މިމަހުގެ 28 ނިޔަލަށް ލ. ފޮނަދޫގައި ކުރިއަށް ގެންދާ މި ސެމިނާރުގެ މަޤުޞަދަކީ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ހައްޤުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކަމާ ގުޅޭ އެންމެހާ މުއައްސަސާތައް ހޭލުންތެރި ކުރުވުމާއެކު، އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދިނުމެވެ.

މި ސެމިނާރުގައި ޖުމްލަ 30 ބައިވެރިން ބައިވެރިވެލައްވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.