ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 40 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ހިއްސާކުރަމުން އެމްޓީސީސީއިން ބުނީ ރަށުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 68 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 284 މީޓަރ ބޭރުތޮށި ހެދުމާއި، 178 މީޓަރ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 120 މީޓަރ ގްރޯއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 95 މީޓަރ އެއްގަމު ތޮށި ހެދުމާއި، 4581.50sqm ޕޭވްމަންޓް ހެދުމުގެ އިތުރުން 2 ނެރު ބައްތި ވެސް ޖަހާނެއެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރުގައި 27 ބައްތި ޖެހުމާއި، ރޭމްޕެއް ހެދުމާއި 2 މޫރިންގ ބްލޮކްސް ބެހެއްޓުމުގެ އިތުރުން އެއްގަމު ތޮށިން ބޭރުތޮށްޓަށް އެރުމަށް ވޯކްވޭއެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު އަކީ 48.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.