އިސްލާމްދީނަށް ދައުވަތު ދޭންޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ލ. އަތޮޅު ގަމަށް ވަޑައިގެން އެރަށުގައި ހުންނަ އެމްޑީޕީ ހަރުގޭގައި އޮތް ދިދަނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މުޖްތަމައު ތެރޭގައި ހަމަނުޖެހުން އުފައްދާ ހަރުކަށި ވިސްނުންތަކުގެ ގޮފިތައް އިންތިޒާމް ކޮށްފައި ހުންނަ ގޮތުން އެންމެ ފުރަތަމަ ތިބެނީ އިސްލާމް ދީނަށް ދައުވަތު ދޭ މީހުން ކަމަށާއި ރާއްޖޭގައި އިސްލާމް ދީން އޮންނަތާ 800 އެތައް އަރެއް ވެފައިވާ ކަމަށާއި އެމަނިކުފާނަށް އިސްލާމްދީނަށް ދައުވަތު ދޭންޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރައް ވިދާޅުވީ ދިވެހި ރާއްޖެ އަކީ ސަތޭކަ އިންސައްތަ އިސްލާމީ ގައުމެއް ކަމަށާއި، މިތަނުގައި އެމަނިކުފާނަށް އެހެން މީހަކު އައިސް އަލުން އަނބުރާ އިސްލާމް ދީނަށް ދައުވަތު ދޭން ޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ "ހެންވޭރު ކަޅުބޭ އަބްދުއްލަތީފުގެ ދަރިއެއް" އައިސް އެމަނިކުފާނަށް ދީނަށް ދައުވަތު ދޭންވީ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ އަދިވެސް އިސްލާމް ދީން މަތީގައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒު ރައީސް ނަޝީދަށް ބަހުގެ ހޫނު  ހަމަލާތަކެއް ރައްދުކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.