އަލިއާ ބާޓް އާއި ރަންބީރް ކަޕޫރު

އަލިއާ ބާޓް އާއި ރަންބީރް ކަޕޫރުގެ ލޯބީގެ ވާހަކަ މުޅި އިންޑިއާގައި ދެކެވެމުންދާ ދަނޑިވަޅެއްގައި، ދެ މީހުންގެ "ޑޭޓް"އަށް ދިއުމުގެ ކުރިން އާލިއާގެ ހާއްސަ ފޮޓޯއެއް މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން "އިންސްޓަގްރާމް" ގައި އޭނާގެ ފޮލޯވަރުންނަށް ދޫކޮށްލައިފިއެވެ.

"ޑޭޓް އޮ ކްލޮކް" މި ކެޕްޝަންއާއެކު ރަންބީރްއާއެކު ޑޭޓަކަށް ދިޔުމުގެ ކުރިން އާލިއާވަނީ އޭނާ ޑޭޓަށް ތައްޔާރުވެފައިވާ މިންވަރު ފޮޓޯއިން ދައްކާލާފައެވެ. މި ފޮޓޯއަށް މިހާރު ވަނީ 1.2 މިލިއަނަށްވުރެ ގިނަ ލައިކްސްވެސް ލިބިފައެވެ.

އާދިއްތަ ދުވަހު، އާލިއާ ރަންބީރްގެ އާއިލާއާއެކު ވަގުތު ހޭދަކުރާ ފޮޓޯއެއް ރަންބީރްގެ ދައްތަ ސޯޝަލް މީޑިއާއަށްވެސް ލާފައިވެއެވެ. ރިދްމީ ކަޕޫރް އޭނާގެ އިންސްޓަގްރާމް އެކައުންޓަށް "ފޭމް ޖޭމް – ސަންޑޭ" ނަމުގައި ދޫކޮށްލި ފޮޓޯ އަކީ އާލިއާ އާއި ރަންބީރްގެ ގުޅުން އިތުރަށް ސީރިއަސް ވާ ކަން ދައްކުވައިދޭ ހެއްކެއްގެ ގޮތުގައި ބޮލީވުޑްގެ ގިނަ ފޭނުން އަންނަނީ ސިފަ ކުރަމުންނެވެ.

އާލިއާ އާއި ރަންބީރް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދުވަސްކޮޅެއްވެފައިވާއިރު، ދެ ތަރިން އަންނަނީ އެއްކޮށް ފިލްމެއްގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން، އާޔަން މުކަރްޖީގެ "ބްރަމަސްޓްރާ"ގައި ދެ ތަރިން އެކުގައި ފެނިގެންދާނެއެވެ. އަދި، އަމީތާބް ބައްޗަންވެސް މި ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާނެކަމަށް މައުލޫމާތު ލިބެއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.