ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން އިއްޔެ ބޭއްވި އެތެރޭގެ އިންތިޚާބުގައި ނައިބު ރައީސަކު ހޮވަން ނެގި ވޯޓުގެ ނަތީޖާގެ ސައްހަ ކަމާ މެދު އެ މަގާމަށް ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ކެމްޕޭން ޓީމުން ސުވާލު އުފައްދައިފި އެވެ.

އިއްޔެ ބޭއްވި އިންތިހާބުން ދެވަނަ ދައުރަކަށް އެމްޑީޕީގެ ރައީސަކަށް އިންތިހާބުވެވަޑައިގަތީ، ރައީސް މުހައްމަދު ނަޝީދެވެ. އަދި ނައިބު ރައީސްގެ މަގާމަށް އަސްލަމާއި ވާދަކޮށް ހޮވިވަޑައިގަތީ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒެވެ.

މިހާތަނަށް އިއުލާން ކޮށްފައިވާ 172 ވޯޓު ފޮށީގެ ނަތީޖާ އަށް ބަލާއިރު، ނައިބު ރައީސްގެ މަގާމުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ޖުމްލަ އަކީ 23،613 އެވެ. ޝިފާޒަށް އެ 172 ވޯޓު ފޮށިން 13،233 ވޯޓު ލިބުން އިރު އަސްލަމަށް ހޯއްދެވުނީ 9،957 ވޯޓެވެ.

ނައިބު ރައީސްގެ މަގާމުގެ އިންތިޚާބުގެ ސައްހަ ވޯޓުގެ އަދަދަކީ 23،190 އެވެ. އަދި ބާތިލް ވޯޓުގެ އަދަދަކީ 423 އެވެ.

އިންތިހާބުގެ ނާކާމިޔާބީއާއި ގުޅިގެން އަސްލަމް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވާއިރު، އޭނާގެ ކެމްޕޭން ޓީމުން ބުނީ އިންތިޚާބުގައި އަދި ވޯޓުގައި މައްސަލަ ހުރި ކަމަށް ޝައްކު ކުރެވޭ ކަމަށާއި، އެފަދަ މައްސަލައެއް ފާހަގަކުރެވިފައިވާ ނަމަ ހުށަހަޅަން ވެސް އެދިފައިވެ އެވެ.

އަސްލަމްގެ ކެމްޕޭން ޓީމުން ބުނީ އިންތިޚާބުގައި އަދި ވޯޓުގައި މައްސަލަ ހުރި ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. އެކަންކަން ބަލަމުން އަންނަ ކަމަށާއި އެފަދަ މައްސަލައެއް ފާހަގަކުރެވިފައިވާ ނަމަ ހުށަހަޅަން ވެސް އެދިފައިވެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާން ގޮސްފައިވަނީ އެ ޕާޓީގެ ރަޖިސްޓްރީގައި ތިބި މެންބަރުންގެ ނިސްބަތުން މަދު އަދަދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.