Salah clips the ball past Fabianski
ޕްރިމިއަރ ލީގުގައި ވެސްޓް ހަމް ޔުނައިޓެޑާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި ސަލާޙް ލަނޑު ޖަހަނީ

ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ ސަބަބުން ފުޓުބޯޅަ ހަލާކުވާ ކަމަށް ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް ބުނެފިއެވެ.
ވެސްްޓްހަމް އަތުން 3-1 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ސަލާހް ބުނީ ވީއޭއާރްގެ ސަބަބުން ފުޓުބޯޅައަށް ގެއްލުންވާ ކަމަށް އޭނާ ގަބޫލުކުރާ ކަމަށާއި، ސީޒަން ފެށުނީއްސުރެ ވީއޭއާރްގެ ސަބަބުން ފުޓުބޯޅައަށް ގެއްލުން ވަމުން އަންނަ ކަމަށެވެ. އަދި އޮފްސައިޑް ކަމަށް ނިންމަންވާނީ ލައިންސްމަނުން ކަމަށާއި، ލައިންސްމަނުން ތިބެންވާނީ އޮފްސައިޑް ލައިނަށް ސަމާލުވެގެން ކަމަށެވެ.
ސަލާހު ބުނީ އިނގިރޭސި ފުޓުބޯޅައަށް ވީއޭއާރަކީ ގެއްލުމެއް ކަމަށާއި، އެކަމަކު އެހެން ގައުމުތަކަށް ބަލާނަމަ ވީއޭއާރް ބޭނުންކުރުން އެއީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.
ވެސްޓްހަމް މެޗާއި ބެހޭ ގޮތުން ވާހަކަދައްކަމުން ސަލާހް ބުނީ މިއީ ލީގު ތާވަލުގެ އެއްވަނައަށް އެރުމަށް ކުރަމުން އަންނަ މަސައްކަތުގައި ލިބުނު މުހިންމު މޮޅެއް ކަމަށާއި، ލިވަޕޫލުގެ އަމާޒަކީ އިނގިރޭސި ޕްެރިމިއާ ލީގު ދިފާއު ކުރުން ކަމަށެވެ.
އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ލީގު ތާވަލުގެ ތިންވަނައިގައި އޮތީ ކުޅުނު 21 މެޗުން ލިބުނު 40 ޕޮއިންޓާއިއެކުގައެވެ. ލީގުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ އެއް މެޗު މަދުން ކުޅެ ލިބުނު 44 ޕޮއިންޓާއެކުގައެވެ. އަދި ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު 21 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *