ބޯޓު ނައްތާލުމާއި ގުޅޭ އެންމެހާ ކަންތައްތައް ކޮށްފައިވާނީ ފިނޭންސް މިނިސްޓްރީން ހުުއްދަ ހޯދައިގެން ކަމަށް ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެެކްޓަރ، އިބްރާހިމް އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވެއްޖެއެވެ.

އެމްޑީ އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޯޓާއި ގުޅޭ ގޮތުން ކުރި ކޮންމެ ކަމެއް ކޮށްފައިވާނީ ފިނޭންސް މިނިސްޓްރީން ހުއްދަ ހޯދައިގެން ކަމަށާއި، ބޯޓުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ބަލައި މައްސަލައެއް ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ.

"އެކަން ވަނީ އޭސީސީން ބަލާ މައްސަލައެއް ނެތްކަމަށް ނިންމާފައި، މީޑިޔާގައި ޑްރާމާ ކުޅުމަކީ ވަކިކަމެއް" އެމްޑީ އިބްރާހިމް ވިދާޅުވެފައިވެއެވެ.

އެމްޑީ އިބްރާހިމް މިހެން ވިދާޅުވެފައިވާއިރު، ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތަފާ ވަނީ  ކ.ތިލަފުށީ ފަޅަށް ވައްދާފައިވާ ބޯޓެއް ނައްތާލުމަށް ޖީއެމްއައިޒެޑްއެލް ކުންފުނި އަދި މެނޭޖިންގ ޑިރެކްޓަރު ކަންކޮށްފައިވަނީ ގާނޫނުތަކާއި އުސޫލުތަކުން ބޭރުން އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ތުހުމަތުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.