Wijnaldum and Firminho combined for goal West Ham vs Liverpool
ލިވަޕޫލްގެ ފަހު ލަނޑު ޖެހުމަށްފަހު ވައިނަލްޑަމް އަދި ފިރްމީނޯ އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ލިވަޕޫލުން ފަސޭހަކަމާއިއެކު ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑާއި ޕޮއިންޓަކާ ގާތަށް ޖެހިލައިފިއެވެ.

ވެސްޓްހަމް ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އިތުބާރު ފޯވާޑް މުހައްމަދު ސަލާހަށް ރަނގަޅު ދެ ފުރުސަތުލިބި ބޭކާރުވިއިރު، އޮރިގީއަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިޔާ ތެރޭން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ލިވަޕޫލުން އެޓީމުގެ އެޓޭކުތައް ވަރުގަދަ ކުރިއިރު، މެޗުގެ 57 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ކާޓިސް ޖޯންސްގެ އެހީތެރިކަމާއިއެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސަލާހެވެ. އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ޝަގީރީގެ އެހީތެރިކަމާއިއެކު ސަލާހު ލަނޑު ޖަހާ ލީޑު ފުޅާކޮށްދިންއިރު މެޗުގެ 84 ވަނަ މިނެޓުގައި ފިރްމީނޯގެ އެހީތެރިކަމާއިއެކު ޖޯޖީނިއޯ ވައިނަލްޑަމް އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ލީގު ތާވަލުގެ ތިންވަނައިގައި އޮތީ ކުޅުނު 21 މެޗުން ލިބުނު 40 ޕޮއިންޓާއިއެކުގައެވެ. ލީގުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ އެއް މެޗު މަދުން ކުޅެ ލިބުނު 44 ޕޮއިންޓާއެކުގައެވެ. އަދި ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު 21 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.