ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 87,883 ށް އަރާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 78 ހާހަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތާއި އަޅާބަލާއިރު 48.2 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ 169,809 ފަތުރުވެރިންނެވެ.

ޓުއަރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ 31 ދުވަހު އެވްރެޖްގޮތެއްގައި ދުވާލެއްގެ މައްޗަަށް 2,929 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފައެވެ. އަދި އެމީހުން ރާއްޖޭގައި މަޑުކުރި މުއްދަތަކީ 9.2 ދުވަސް ކަމަށް މިނިސްޓްރީން ބުންނެވެ.

2021 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރާތްކޮށްފައިވަނީ ރަޝިއާގެ ފަތުރުވެރިންނެވެ. ރަޝިއާއިން 20,095 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 18,434 ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވެއެވެ.

މީގެއިތުރުން ޔޫކްރެއިންއިން 7,025 ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވާއިރު ކަޒަކިސްތާނުން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 4,210 ފަތުރުވެރިންނެވެ. އަދި ފްރާންސުން 3,532 ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވާއިރު ރޯމޭނިއާ އިން 3,599 ފަތުރުވެރިއަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު، ރާއްޖެ ވެެގެން ދިޔައީ މިކަމުގެ އެންމެ ބޮޑު އަސަރުތަކެއް ކުރި އެއް ގައުމަށެވެ. މިކަމާއި ގުޅިގެން ހެދުނު ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމަކީ 2004 ވަނަ އަހަރުގެ ސުނާމީއާއި ގުޅިގެން އައި އިގްތިސާދީ ހީނަރުކަމަށް ފަހު އައި އެންމެ ބޮޑު ލޮޅުމެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުން ނެގި އަވަސް ފިޔަވަޅުތަކާއި އެކު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަނެ، ވަނީ ކުރިއަރަން ފަށާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.