ރައީސް ސޯލިހު ވެކްސިން ޖައްސަވަނީ ފޮޓޯ: ރައީސް އޮފީސް

މުޅި ރާއްޖޭގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފައްޓަވައި ދައުލަތުގެ ތިން ބާރުގެ ވެރިން ކަމަށްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިއަދު ވެކްސިން ޖައްސަވައިފިއެވެ.

މި ތިން ބޭފުޅުން ވެކްސިން ޖައްސަވާފައި މިވަނީ މުޅި ރާއްޖޭގައި ވެކްސިން ކެމްޕޭން ޕްރޮގްރާމް ފެށުމުގެ ގޮތުން ސޯޝަލް ސެންޓަރު ގައި ބޭއްވި ރަސްމިއްޔާތުގައެވެ. ރައީސް އަކީ ރާއްޖެއިން ވެކްސިން ޖެއްސެވި ހަތަރު ވަނަ ފަރާތެވެ. ވެކްސިން ޖެއްސުވަށް ފަހު ފަނަރަވަރަކަށް މިނިސްޓް ރައީސް އޮބްޒަވޭޝަން ގައި ހުންނެވިއެވެ.

ވެކްސިން ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ދޭ މީހުންގެ ތެރޭގައި ހިމެނެނީ، ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުން އަދި އެއަށް ފަހު އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އެއަށްފަހު 18 އަހާރާއި 50 އަހަރުގެ ތެރެއިން ހައި ރިސްކް މީހުންނާއި، ޓީޗަރުންނާއި، ޕޮލިހުންގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީގެ މީހުންނަށް ވެކްސިން ޖަހާނެއެވެ.

ރައީސް މުހައްމަދު ނަޝީދު، ކޮވިޑް ވެކްސިން ޖައްސަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ޖަހަން ފެށި ވެކްސިނަކީ އިންޑިއާގެ ސީރަމް އިންސްޓިިޓިއުޝަނުން އުފައްދާފައިވާ ކޮވީޝީލްޑް ވެކްސިނެެވެ. މި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ހަތަރު ހަފްތާއަށް ފަހުއެވެ. ދުނިޔޭގެ އެންމެ ފުރަތަމަ ވެކްސިން ޖައްސަވާ ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ. އެއީ ވެކްސިން އަށް އިތުބާރު ރައްޔިތުންގެ މެދުގައި އުފެއްދުމުގެ ގޮތުންނެވެ.

ރައީސް ވެކްސިން ޖައްސަވާފައިވަނީ ކޮވީޝީލްްޑް ވެކްސިނގެ ސައްހަކަމާއި ސިޔާސީ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ އެންމެ ފުރަތަމަ ވެކްސިން ޖައްސަވަން ޖެހެނީ ރައީސް ކަމަށް ބުނަމުން ދަނިކޮށެވެ. އިންޑިއާ އިން ރާއްޖެ އަށް ކޮވީޝީލްޑްގެ 100،000 ޑޯޒް ހަދިޔާކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. މިއިން 50،000 މީހެއްގެ ގަޔަށް ވެކްސިން ޖަހާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.