ބްރިޓިޝް ގޮޓް ޓެލެންޓްގެ ބައެއް ޖަޖުން

ދުނިޔޭގެ އެތައް މިލިއަން ބައެއް ކޮންމެ އަހަރަކުވެސް ބަލަމުންދާ "ބްރިޓަންސް ގޮޓް ޓެލެންޓް" މިއަހަރު ނުބާއްވާ ގޮތަށް އެ ޝޯ ގެނެސްދޭ އައިޓީވީ އިން ނިންމައިފިއެވެ.

އައިޓީވީއިން ޖެނުއަރީ މަހުގެ ކުރީކޮޅު ވަނީ އެ ޝޯގެ 15 ވަނަ ސީޒަންގެ ޝޫޓިންގ ލަސްކޮށްފައިވާކަމަށް ބުނެފައެވެ. ޝޯ ކެންސަލް ކޮށްފައިވާކަން އިއްޔެ އިއުލާންކޮށްފައިވާއިރު، މިއީ ޝޯގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އައިޓީވީއިން ނިންމި ނިންމުމެއްކަމަށް އެ ޗެނަލްއިންވަނީ ބުނެފައެވެ.

ކޮވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އެޅުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ. އެގޮތުން، އާންމު ގިނަ މީހުން އެއްވެ އުޅޭފަދަ ގޮތަކަށް ޝޯތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. ބްރިޓަންސް ގޮޓް ޓެލެންޓްއަކީ އާންމު ގިނަ ރައްޔިތުންގެ އޯޑިއެންސަކާއެކު ކުރިއަށް ގެންދާ ޝޯ އެކެވެ.

ޝޯގެ ޕްރޮޑިއުސަރުންވަނީ އެ ޝޯގެ "ފަސްވަނަ ފަނޑިޔާރުން" ނުލާ ޝޯ ކުރިއަށް ގެންދިޔުމަށް ދެކޮޅު ހަދާފައެވެ. ބްރިޓަންސް ގޮޓް ޓެލެންޓްގެ ފަނޑިޔާރުންގެ ގޮތުގައި އާންމު ގޮތެއްގައި ތިބެނީ ސައިމަން ކޯވެލް، އެލީޝާ ޑިކްސަން، އަމާންޑާ ހޯލްޑެން އަދި ޑޭވިޑް ވިލިއަމްސް އެވެ. މިއީ ދުނިޔޭގެ އެކި ހިސާބުތަކުން އަންނަ ފަންނާނުންގެ ހުނަރުވެރިކަން ދައްކާލުމަށް ފުރުސަތު ދިނުމުގެ ގޮތުން އައިޓީވީއިން ކުރިއަށް ގެންދާ ޝޯ އެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.